Article Image

މާލެ ސަރަޙައްދުގައި 4 ޕާކިން އިމާރާތް އަޅަނީ

ތޮއްޖެހިފައިވާ މާލެ ސަރަޙައްދުގައި 4 ޕާކިން އިމާރާތް އަޅަން ސަރުކާރުން ނިންމާފައިވާކަމަށާއި އެކަމުގެ ތަފްސީލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވާ މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލައަށް އިޝާރާތްކުރައްވަމުން ރައީސް ވަނީ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ޖުމުލަ ހަތަރު ޕާކިންގ އިމާރާތް އެޅުމުގެ މަސައްކަތް، އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގައި ހިމަނުއްވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި މަގުހެދުމުގެ މަސައްކަތުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވައި، މާލޭގެ މާރުކޭޓުތައް އަލުން އިމާރާތްކުރެއްވުމުގެ މަސައްކަތް ކުރައްވާނޭކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

އެގޮތުން، ލޯކަލް މާރުކޭޓު ހުރި ތަނުގައި ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި ތަރުކާރީ މާރުކޭޓެއް ހިމެނޭހެން މިކްސްޑް ޔޫސް މާރުކޭޓެއް އިމާރާތްކުރައްވައި، މަސްމާރުކާޓު މިހާރު ހުރި ސަރަހައްދުގައި މަސްވެރި ސިނާޢަތަށް ޚާއްޞަ އޮފީސް އިމާރާތެއް ތަރައްޤީކުރެއްވުމަށް ރާއްވަވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.