Article Image

ރައީސްގެ އިލްތިމާސް: މިއަހަރަކީ ތަރައްޤީގެ އަހަރަކަށް ހެދުމަށްޓަކައި ކޮންމެ ރައްޔިތަކު ވެސް ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން އިސްކުރައްވާ!

މިފެށުނު އަހަރަކީ ތަރައްޤީގެ އަހަރަކަށް ހެދުމަށްޓަކައި ކޮންމެ ރައްޔިތަކު ވެސް ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން އިސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

މީލާދީ އާ އަހަރާގުޅިގެން ދެއްވި ޚިޠާބުގައި ރައީސް ވިދާޅުވީ އާ އަހަރުގައި ފަރުދީ ޢަޒުމަކަށް ވާންވީ، ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން ކުރިޔަށް ނެރުން ކަމަށާއި، ޞުލްޙަ މަޞްލަޙަތު އިސްކުރުން ކަމަށެވެ. ތަރައްޤީއާއި ހިތްހަމަޖެހުމުގެ ބިންގަލަކީ އަމާންކަމާއި، އިޙްތިރާމާއި ކުލުނުވެރިކަން ކަމާއި އެހެންކަމުން، މި ފެށުނު އާ އަހަރަކީ ތަރައްޤީގެ އަހަރަކަށް ހެދުމަށް ޓަކައި ކޮންމެ ރައްޔިތަކު ވެސް ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން އިސްކުރުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ. އަދި ރަނގަޅުކުރަން ޖެހޭ ކަންކަމަށް ރަނގަޅު ގޮތުގައި މަގުދެއްކެވުމަށް އެދިވަޑައިގެންނެވިއެވެ.

މި ފެށުނު އާ އަހަރަކީ ތަރައްޤީގެ އަހަރަކަށް ހެދުމަށް ޓަކައި ކޮންމެ ރައްޔިތަކު ވެސް ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން އިސްކުރުމަށް އަޅުގަނޑު އިލްތިމާސްކުރަމެވެ. ރަނގަޅުކުރަން ޖެހޭ ކަންކަމަށް ރަނގަޅު ގޮތުގައި މަގުދެއްކެވުމަށް އެދެމެވެ. : ރައީސް

ރައީސް ވިދާޅުވީ އިރާދަކުރެއްވިއްޔާ 2025ވަނަ އަހަރަކީ ތިޔާގިކަމުގެ އަހަރެއް ކަމަށާއި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތުގެ އަހަރު ކަމަށެވެ.