
ޅެންވެރީންގެ ޝުއޫރުތަކުން ދަރިންގެ ތަރުބިއްޔަތަށް މަގު ދައްކަވައިދެއްވާ: ރައީސް
ޅެންވެރިންގެ ޝުއޫރުތަކުން ދަރީންގެ ތަރުބިއްޔަތަށް މަގު ދައްކަވައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ރައީސް މިފަދައިން އިލްތިމާސް ކުރެއްވީ ޅެންވެރީންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ ޅެންވެރީގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ހުރިހައި ޅެންވެރީންނަށް ނުހަނު އިހްލާސްތެރިކަމާއެކު ތަހުނިޔާއާިއ ހެޔޮ އެދުން ރައްދުކުރާ ކަމަށެވެ. އަދި ޅެންވެރީންގެ ޝުއޫރުތަކުން ދަރީންގެ ތަރުބިއްޔަތަށް މަގު ދައްކައިދެއްވާ ޤައުމީ ލޯބި އިތުރުކޮށްދެއްވާ، މަތިވެރި އަޚްލާޤު ދިރުވައި އާލާކޮށްދެއްވުމަށް ވެސް ރައީސް އިލްތިމާސް ކުރެއްވިއެވެ.
"ޅެންވެރީންގެ ޝުއޫރުތަކުން ދަރީންގެ ތަރުބިއްޔަތަށް މަގު ދައްކައިދެއްވާށެ. ޤައުމީ ލޯބި އިތުރުކޮށްދެއްވާށެ. މަތިވެރި އަޚްލާޤު ދިރުވައި އާލާކޮށްދެއްވާށެ." ރައީސް ވިދާޅުވެފައިވެއެވެ.
ޤައުމީ ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހުގެ 15 ވަނަ ދުވަހެވެ. ޅެންވެރިންގެ ދުވަސް ނިސްބަތްވަނީ ރާއްޖޭގެ މަޝްހޫރު ޅެންވެރިއެއްކަމަށްވާ އިބްރާހިމް ޝިހާބު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ދުވަހަށެވެ.