
ޝަހީދުންގެ ދުވަހާއި ގުޅިގެން ރައީސްގެ ޚާއްޞަ މެސެޖެއް!
ޝަހީދުންގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ މެސެޖެއް ދެއްވައިފިއެވެ.
ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހީންގެ މިނިވަންކަމުގެ ޙައްޤުގައި ޖިހާދުުކުރި ބަޠަލުންނާއި ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަން ޖެހޭ ކަމަށެވެ.
މިއާއިއެކު ރައީސް ވިދާޅުވީ މި ވަޠަނަށް އުޖާލާ މާދާމާއެއް ހޯދައިދިނުމަށް ހިންމަތްކުރުމަކީ އެންމެންގެ އެންމެ އިސް ޤައުމީ ވާޖިބު ކަމަށް ވިދާޅުވެފައެވެ.
ޝަހީދުންގެ ދުވަހާއި ގުޅިގެން ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ މެސެޖެއް ދެއްވާފައެވެ.
ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ޤައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ޤައުމީ އަބްޠާލުންގެ ޚިދުމަތްތަކުގެ ހަނދާންކޮށް އެ އަބްޠާލުންގެ ޒިކުރާ އާލާކުރުމަށެވެ.
މިދުވަސް ނިސްބަތްވެގެންވަނީ އިސްލާމްދީނާއި ޤައުމުގެ ދިފާޢުގައި ޕޯޗްގީޒުންނާ ހަނގުރާމަ ކުރައްވައި ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަހެވެ.
ޝަހީދުންގެދުވަސްނިސްބަތްވާބަޠަލް
ނަންފުޅު: އައްސުލްޠާނު ޢަލީ (6 ވަނަ.)ކޮލީނަންފުޅު: ސިރީ އައުދަ ސިއާކަ ކައްތިރި ބަވަނަ މަހާރަދުން.ބައްޕާފުޅު: ޔަމަންކަރައިގެ އައްސައްޔިދު ޢަބްދުއް ރަޙުމާނު ދޮށިމޭނާކިލެގެފާނު. (އަލްވަޒީރުލް އަޢުޡަމް ޢަބްދުއްރަޙުމާނު)މަންމާފުޅު: އަރިއަތޮޅު ފެރިދޫ ސިއްތި ކަނބައިދި ކިލެގެބޭފުޅުން: ސިއްތި މާވާ ރަނިކިލެގެފާނު، ކުޑަކަމަނާފާނު، ކުޑަކަލާފާނު.ރަސްކަމަށްއިސްވެވަޑައިގަތީ: 965ހ. ވަނަ އަހަރު (1558މ.)ރަސްކަންކުރެއްވިމުއްދަތަކީ: 2 މަހާއި 15 ދުވަސް