Article Image

ކުރީގެ ފަސްޓްލޭޑީ ފަޒުނާ އަހުމަދުގެ މަންމާފުޅު އަވަހާރަވުމުން ރައީސް ތަޢުޒިިޔާ ދަންނަވައިފި

ކުރީގެ ފަސްޓްލޭޑީ ފަޒުނާ އަހުމަދުގެ މަންމާފުޅު އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިިޔާ ދަންނަވައިފިއެވެ.

ރައީސް މުޢިއްޒު ސޯޝަލްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ ލޮބުވެތި މަންމަ، ޒަމީރާ ޢުމަރު އަވަހާރަވުމުގެ ފުން ހިތާމައިގާ ބައިވެރިވެ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުންނަށާއި ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ.

ރައީސްގެ ޕޯސްޓްގައި ވަނީ މަރްޙޫމާ ޒަމީރާ ޢުމަރަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތާއި އޯގާވަންތަކަމުގައި ތާއަބަދުމެ ލެހެއްޓެވުން އެދި ދުޢާ ދަންނަވައިފިއެވެ.