
ރިޔާސީ ބަޔާން 2025: 4000 ފްލެޓް ލިސްޓުގެ ޞައްޚަކަން ބެލުމަށްފަހު މިފެބްރުއަރީ މަސް ނިމުމުގެ ކުރިން ލިސްޓު އިޢުލާނު ކުރެވޭނެ
4000 ފްލެޓް ލިސްޓުގެ ޞައްޚަކަން ބެލުމަށްފަހު މިފެބްރުއަރީ މަސް ނިމުމުގެ ކުރިން ލިސްޓު އިޢުލާނު ކުރެވޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުންނެވެ.
އިންޑިއަން އެގްޒިމްބޭންކުގެ ލޯނު އެހީގައި ކުރިއަށްދާ 4000 ފްލެޓް ނިންމުމާއިއަދި ފްލެޓް ލިބޭނެ ކަމަށް އިއުލާންކޮށްފައިވާ 4000 މީހުންގެލިސްޓާއި މެދު އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގަވާފައިވާ އެންގުންތަކާއެކު އެ ލިސްޓުގެ ޞައްޙަކަން ބެލުން އޮތީ މިސަރުކާރުން ހައްލުކުރަން ޖެހިފައި އޮތް ވަރަށް ހައްސާސީ މައްސަލައެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ފްލެޓް ލިސްޓުގެ ޞައްޚަކަން ބެލުމަށް ކުރެވެމުންދާ މަސައްކަތް ނިމި މިފެބްރުއަރީ މަސް ނިމުމުގެ ކުރިން ލިސްޓު އިޢުލާނު ކުރެވޭނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ. އަދި ފްލެޓްތައް ނިމެމުންދާ ނިސްބަތުން ފްލެޓް ލިބޭ ފަރާތްތަކާ ފްލެޓް ޙަވާލު ކުރަމުން ގޮސް މި އަހަރުގެ ސެޕްޓެންބަރު މަސްނިމުމުގެ ކުރިން ހުރިހާ ފްލެޓެއް އޭގެ ޙައްޤުވެރި ފަރާތްތަކާޙަވާލުކޮށް ނިންމާލެވޭނެ ކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.
މާތްالله ގެ އިރާދަފުޅާއެކު ލިސްޓުގެ ޞައްޚަކަން ބެލުމަށް ކުރެވެމުންދާ މަސައްކަތް ނިމި މިފެބްރުއަރީ މަސް ނިމުމުގެ ކުރިން ލިސްޓު އިޢުލާނު ކުރެވޭނެ. އަދި ފްލެޓްތައް ނިމެމުންދާ ނިސްބަތުން ފްލެޓް ލިބޭ ފަރާތްތަކާ ފްލެޓް ޙަވާލު ކުރަމުން ގޮސް މި އަހަރުގެ ސެޕްޓެންބަރު މަސްނިމުމުގެ ކުރިން ހުރިހާ ފްލެޓެއް އޭގެ ޙައްޤުވެރި ފަރާތްތަކާ ޙަވާލުކޮށް ނިންމާލެވޭނެ.
ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން، ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫޢުތައް މެދުވެރިކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިތުރުން، އަމިއްލަ ގޯތީގައިޢިމާރާތްކުރުމަށް 5 އިންސައްތަ ފައިދާގައި ޝަރީޢާ ހުއްދަކުރާލޯނު ދިނުމަށް 2025 ވަނަ އަހަރުގެ ބަޖެޓުގައި 1 ބިލިއަންރުފިޔާ ވާނީ ކަނޑައަޅައިފާ. އެކަމަށް އެދޭ ފަރާތްތަކަށް ލޯނަށްއެދި ހުށަހެޅުމުގެ ފުރުޞަތު ހިޔާވަހި ޕޯޓަލް މެދުވެރިކޮށް މިހާރު ވާނީ ހުޅުވާލާފަ. އިރާދަކުރެއްވިއްޔާ މި ސްކީމްގެ ދަށުން މި އަހަރުގެ ޖުލައި މަހުން ފެށިގެން ލޯނު ދޫކުރަން ފެށޭނެ. މާތްاللهގެ ވާގިފުޅާއެކު މިއަހަރު ނިމިގެންދާއިރު 1 ބިލިއަން ރުފިޔާގެލޯނުގެ މަދަދު ނުވަތަ އެހީތެރިކަން، ދިރިއުޅުން ބިނާކުރުމަށް ޓަކައި، އާންމު ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ސަރުކާރުން ފޯރުކޮށްދޭނަން. މި ލޯނު ސްކީމްގެ ދަށުން މާލޭގައި ނަމަ 6 މިލިއަން ރުފިޔާއާ ހަމައަށް އަދި ބެހެނިވެރިން އެކުވެގެންނަމަ 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ. މީގެ އިތުރުންދެމެހެއްޓިނިވި އާބާދީއާއި ތަރައްޤީގެ ވިސްނުމުގެ ދަށުން ކަނޑައެޅިފައިވާ ރަށްރަށުގައި 3 މިލިއަން ރުފިޔާއާއި ހަމައަށް ލޯނު ނެގޭނެ. އަދި އެހެނިހެން ރަށްރަށުގައި 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ. މިގޮތުންނަގާ ލޯނުގެ ބޭނުންކޮށްގެން މުޅިން އަލަށް ގެއެއް އިމާރާތްކުރުމާ،ހަދަންފަށައިފައި ނުނިމިހުރި ގެއެއް ނަމަ، ނިންމުމާއި،ހަދައިފައިހުރި ގެއެއް ނަމަ މަރާމާތު ކުރަން ވެސް ބޭނުންކުރެވިދާނެ. މިއީ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އެރައްޔިތެއްގެ ފުރަތަމަ ގެއަށް ޚަރަދުކުރުމަށް ހުޅުވާލެވޭ ވަރަށް ބޮޑު ފުރުޞަތެއް.