
އަނެއްކާވެސް ރައީސް މުޢިއްޒުއަށް ބޮޑު ކާމިޔާބީއެއް: ލޯކަލް ކައުންސިލް އަދި އތމ ކޮމެޓީތަކުގެ ބައި އިލެކްޝަނުން 33 ގޮނޑި!
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިޔާސީ މައިދާނުގައި ހޯއްދަވަމުން އަންނަ ކާމިޔާބީގެ ތެރެއަށް އަނެއްކާވެސް ބޮޅެއް އިތުރުވެއްޖެއެވެ. އަނެއްކާވެސް މިވަނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ބައި-އިލެކްޝަން ތަކެއް ކާމިޔާބުވެފައެވެ.
އެގޮތުން ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެމްބަރުން ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަންތަކުން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކެނޑިޑޭޓުން ވަނީ ކާމިޔާބުކޮށްފައެވެ. އިދިކޮޅު އެމްޑީޕީއަށް ވަނީ ލަދުވެތި ނަތީޖާއެއް ލިބިފައެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކުރި ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި އިދިކޮޅު އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 33 ގޮނޑީގެ ތެރެއިން އެންމެ 2 ގޮނޑިއެވެ.
މިއަދު ވޯޓުލުން ކުރިއަށް ގެންދެވުނީ ހުސްވެފައިވާ 33 ގޮނޑީގެ ތެރެއިން 12 ގޮނޑިއެވެ. ބާކީ 21 ގޮނޑިއަށް މެންބަރުން އިންތިޚާބުވީ އިންތިޚާބަކާ ނުލައެވެ. އިންތިޚާބު ނުލައި އިންތިޚާބުވީ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ ވެރިކަންކުރާ ޕީއެންސީންނެވެ.
އީސީން ހާމަކުރި ވަގުތީ ނަތީޖާތައް ދައްކާގޮތުން މިއަދު ބޭއްވި އިންތިޚާބުތަކުން ސަރުކާރު ހިންގާ ޕާޓީ ޕީއެންސީިން 8 ގޮނޑި ކާމިޔާބު ކޮށްފައިވާއިރު، އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުކުރެވުނީ އެންމެ 2 ގޮނޑިއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި ފަރާތްތަކަށް 2 ގޮނޑި ވަނީ ލިބިފައެވެ.
ފާހަގަކޮށްލެވޭގޮތުގައި ވެރިކަންކުރާ ޕީއެންސީން ދަނީ މިފަހުން ބޭއްވި ގިނަ ބައި-އިލެކްޝަންތައް ކާމިޔާބުކުރަމުންނެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ފެށިގެން ބޭއްވުނު ހުރިހާ އިންތިޚާބެއްގައި ފެންނަމުންދަނީ ރައީސް މުޢިއްޒުއަށް ރައްޔިތުންކުރާ އިތުބާރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ މަންޒަރެވެ.
މާލޭގެ މޭޔަރުކަމަށް މާލޭގެ ރައްޔިތުން ރައީސް ޑރ. މުޢިއްޒު އިންތިޚާބު ކުރެއްވުމާއި ހަމައިން ރައީސް ދަނީ ދުވަހެއް ދުވަހަކަށް ރައްޔިތުންގެ އިތުބާރު ހޯއްދަވާ ނަތީޖާ ނެރެދެއްވަމުންނެވެ. އިދިކޮޅުފަރާތްތަކުން ފަތުރަމުންދާ ދޮގުތަކަށް ބެއްލެވުމެއްނެތި ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވިއިރު، ޖެހިގެން އައި މަޖްލިސް އިންތިޚާބުވެސް ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރެއްވިއެވެ. އެއަށްފަހު މާލެސިޓީ ކައުންސިލްއާއި ރަށު ކައުންސިލްތަކުގެ ބައި-ލެކްޝަންތައް ވެސް ކާމިޔާބު ކުރަމުންދަނީ ރައީސް ޑރ. މުޢިއްޒުގެ ކޮންގްރެސް ޕާޓީ އިންނެވެ.