Article Image

މިއަދުގެ ބައި- އިލެކްޝަންތަކުން ޕީއެންސީން ހޯދި ކާމިޔާބީއަށް ރައީސް މަރުޙަބާ ދަންނަވައިފި

މިއަދު ބޭއްވި ލޯކަލްކައުންސިލްތަކުގެ ބައި- އިލެކްޝަން އަދި އ.ތ.މ ކުރާ ކޮމެޓީގެ އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއަށް ލިބުނު ކާމިޔާބީއަށް ރައީސް މަރުޙަބާ ދަންނަވައިފިއެވެ.

ސޯޝަލްމީޑިއާގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވަނީ އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް ޝުކުރު ދަންނަވާފައެވެ. އަދި ވޯޓުގައި ބައިވެރިވި ފަރާތްތަކާއި، މަސައްކަތް ކޮށްދެއްވި ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

ރައީސް ވިދާޅުވީ ލޯކަލްކައުންސިލްތަކުގެ ބައި- އިލެކްޝަން މިއަދު ބާއްވަން ކަނޑައެޅި 37 ގޮނޑީގެ ތެރެއިން، އިންތިޚާބަކާ ނުލައި 24 ގޮނޑި އަދި އިންތިޚާބުަގައި ވާދަކޮށްގެން 9 ގޮނޑި (ޖުމްލަ 33 ގޮނޑި) ޕީއެންސީއަށް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބެއެއް ކަމަށެވެ. އަދި އަތޮޅު ކައުންސިލް ރައީސްކަމުގެ 1 ގޮނޑި، ރަށު ކައުންސިލް ރައީސްކަމުގެ 1 ގޮނޑި، ރަށު ކައުންސިލް މެންބަރުކަމުގެ 2 ގޮނޑި، އ.ތ.މ ކޮމެޓީގެ 29 ގޮނޑި މިއަދު ޕީއެންސީން ވަނީ ކާމިޔާބުކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ކާމިޔާބީ ލިބުމުގެ އުފަލުގައި މާތްﷲގެ ޙަޟްރަތަށް ޙަމްދުކޮށް، އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނަށް މަރުޙަބާ ދަންނަވައި އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކޮށްދެއްވި ފަރާތްތަކަށާއި، އަދި ވޯޓުގައި ބައިވެރިވެ ވަޑައިގަތް ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.