Article Image

"ފުރުސަތު" ނަމުގައި ޝެއިޚް ޝަމީމް ދެއްވާ ދަރުސް، މިރޭ ހުޅުމާލެ ފޭސް 2 ގައި!

އަލް-އަޞްރުން އިންތިޒާމް ކޮށްގެން ބާއްވާ، ޑރ. އާދަމް ޝަމީމްގެ ޚާއްސަ ދަރުހެއް މިރޭ ހުޅުމާލޭގައި ބާއްވަން ތައްޔާރުވެއްޖެއެވެ.

”ފުރުސަތު“ ނަމުގައި ބާއްވާ މި ދަރުސް އޮންނާނީ، މިރޭ 20:30 ގައި ހުޅުމާލޭ ދެވަނަ ފިޔަވަހީ ރުއްގަނޑު 3 ސަރަޙައްދުގައެވެ.

މިއީ އަލް -އަޞްރުން، އެޗްޑީސީ އާއި އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ބާއްވާ ދަރުހެކެވެ. މި ދަރުސް އަލްޢަޞްރުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވްކޮށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ދާދިފަހުންވެސް ޑރ ޝަމީމްގެ ޚާއްސަ ދަރުހެއް ހުޅުމާލޭގައި ވަނީ ބާއްވާފައެވެ. ގިނަ ބަޔަކު ހާޒިރުވި އެ ދަރުހުގައި އަލި އަޅުވާލާފައިވަނީ ”ކަލަކުވޭ ބިރުވެތިވޭ“ މައުޟޫއަށެވެ.