
"ފުރުސަތު" ނަމުގައި ޝެއިޚް ސަމީރުގެ ދަރުސް މިރޭ ފޯކައިދޫގައި، ނަސީބުވެރިއަކަށް އުމްރާ ދަތުރެއް!
"ފުރުސަތު" ނަމުގައި މަަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އަހްމަދު ސަމީރުގެ ޚާއްސަ ދަރުހެއް މިރޭ ށ. ފޯކައިދޫގައި ބާއްވަން ހަމަޖެހިއްޖެ އެވެ.
ރަމަޟާން މަހަށް އިސްތިޤްބާލު ކުރުމުގެ ބާއްވާ މި ދަރުސް އޮންނާނީ މިރޭ 8:45 ގައި ފޯކައިދޫ އޯޕަންސްޓޭޖް ސަރަޙައްދުގަ އެވެ.
މި ދަރުސް އިންތިޒާމު ކުރަނީ ފޯކައިދޫ ކައުންސިލާއި ފޯކައިދޫ ޕޮލިހާއި ޑަބްލިއުޑީސީއާ ފެނަކަ އަދި އެ ރަށު ސުކޫލާއި ސަލަފު ޖަމިއްޔާ އަދި ފޯކައިދޫ ބްލަޑް ބްރަދާސް ގުޅިގެންނެވެ. މިއީ ޝެއިޚް ސަމީރުގެ ދަރުހެއް ފޯކައިދޫގައި ބާއްވާ ތިން ވަނަ އަހަރެވެ.
މިރޭ ދަރުހަށް ހާޒިރުވާ މީހުންގެ މެދުގައި ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ނަސީބުވެރި 10 ފަރާތެއް ހޮވާ އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މިރޭގެ ދަރުސް ދާރިސް ޓީވީން ވަގުތުން ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
ޝެެއިޚް ސަމީރުގެ ދަރުސްގެ އިތުރުން ށ. މިލަންދޫގައި އައްޝައިހް މުޖްތަބާ ހަމީދު އަދި ށ. ނޫމަރާގައި އައްޝެއިޚް ޝިހާމް މުހައްމަދުގެ ދަރުހެއް އޮންނާނެ އެވެ. މީގެ އިތުރުން އައްޝެއިޚް އަބްދުއްސަލާމް ބިން ދާވޫދުގެ ދަރުހެއް ކ. ގާފަރުގައި އަދި އައްޝެއިޚް އަހްމަދު ފަޒާދުގެ ދަރުހެއް ތ. ކަނޑޫދޫގައި، އައްޝެއިޚް އަތީފް އަބޫބަކުރުގެ ދަރުހެއް ތ. ދިޔަމިގިލީގައި އޮންނާނެ އެވެ.
ޝެެއިޚް ފަޒާދާއި ޝެއިޚް އަތީފްގެ ދަރުސްތައް ތ އަތޮޅުގެ ހުރިހާ ރަށެއްގައި މި ހަފްތާ ބަންދުގައި އޮންނާނެ އެވެ.