Article Image

ވަޢުދުވީ ފަދައިން 4000 ފްލެޓް ލިސްޓް އަންނަ ހަފްތާ ނިމުމުގެ ކުރީން އިޢުލާނު ކުރާނެ: ރައީސް

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް އަންނަ ހަފްތާގައި އާންމު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ކުޑަހުވަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރޯދަ މަސް ފެށުމުގެ ކުރީން ފްލެޓް ލިސްޓް އިއުލާނު ކުރައްވާނެ ކަމަށް ރައީސް ވަނީ ރިޔާސީ ބަޔާން އިއްވެވި ޖަލްސާގައި ވިދާޅުވެފަ އެވެ. ރައީސް މިރޭ ވެސް ވިދާޅުވީ ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެ ކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މި ހަފްތާ ނިމުމުގެ ކުރީގައި އަޅުގަނޑު ރިޔާސީ ބަޔާނުގައި ވައުދުވީ ގޮތަށް އޭރުގައި އިއުލާނު ކުރެވުނު 4000 މީހުންގެ ލިސްޓް އޭސީސީން ފާހަގަ ކުރި މައްސަލަތައް ބެލުމަށް ފަހު އިއުލާނު ކުރާނެ ވާހަކަ މިރޭ ވެސް ދަންނަވަން: ރައީސް

ކުރީގެ ރައީސް ސޯލިހްގެ ވެރިކަމުގައި ފެށި މަަޝްރޫއުން ފްލެޓް ލިބުނު މީހުން ކަނޑައަޅާ އިއުލާނު ކުރި އެވެ. އެ ލިސްޓް ނެރުނީ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު އެވެ. އެ ލިސްްޓްގައި ހިމެނޭ ބައެއް މީހުންނަކީ ނުހައްގުން ނުފޫޒު ބޭނުންކޮށްގެން ލިސްޓްގައި ޖައްސާފައިވާ މީހުން ކަމަށް ބެލެވި އޭސީސީން މައްސަލަ ބެލި އެވެ. އޭސީސީގެ ތަހުގީގުން އެނގުނީ ލިސްޓްގެ 60 ޕަސެންޓް ގޯސް ކަމެވެ.