Article Image

ރައީސުލްޖުމްހޫރިއްޔާ، ޓިއުނީޝިއާގެ ރައީސާއި ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޓިއުނީޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޓިއުނީޝިއާގެ ރައީސް، ހިޒް އެކްސެލެންސީ ޤައިސް ސަޢީދާއި، ބޮޑުވަޒީރު، ހިޒް އެކްސެލެންސީ ކަމާލް މަދަވްވަރީއަށް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޓިއުނީޝިއާގެ ރައީސާއި ބޮޑުވަޒީރަށް ވަކިވަކީން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، އެ ދެ ބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާފާގަތިކަމަށް އެދިވަޑައިގެން، ޓިއުނީޝިއާގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ. ޓިއުނީޝިއާގެ މިނިވަން ދުވަހުގެ ގޮތުގައި މި ދުވަސް ފާހަގަކުރަނީ 1956 ވަނަ އަހަރު، އެޤައުމަށް މިނިވަންކަން ލިބުނު ދުވަހާއި ގުޅުވައިގެންނެވެ.