Article Image

އިޙްސާން ޢަބްދުލްޣަނީ އަވަހާރަވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް އަދި ހުސްކަމެއް: ރައީސް

މަޝްހޫރު ފުޓްބޯޅަ ކޯޗު އިޙްސާން ޢަބްދުލްޣަނީ (ސާންތީ) އަވަހާރަވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް އަދި ހުސްކަމެއް ކަމެއް ކަމަށް ރައީސުލްޖުމްޖޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އިޙްސާން ޢަބްދުލްޣަނީ އަވަހާރަވުމާއި ގުޅިގެން ތަޢުޒިޔާ ދަންނަވާ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވަނީ އިޙްސާން ޢަބްދުލްޣަނީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ކޮށްދެއްވި އަގުހުރި ޚިދުމަތް ފާހަގަކުރައްވާފައެވެ.

އެގޮތުން އިޙްސާން ޢަބްދުލްޣަނީ އަކީ ކުޅިވަރުގެ ރޮނގުން، ވަކީން ޚާއްޞަކޮށް ފުޓްބޯޅައިގައި ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައިވެސް ދިވެހިރާއްޖެ ފަޚުރުވެރިވާ ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ކޯޗެއް ކަމަށާއި، އިޙްސާން ޢަބްދުލްޣަނީ (ސާންތީ) އަވަހާރަވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް އަދި ހުސްކަމެއް ކަމުގައި ވިދާޅުވިއެވެ.

އިޙްސާން ޢަބްދުލްޣަނީ އަވަހާރަވުމުގެ ހިތާމައިގައި ކުޅިވަރުގެ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށް އަދި މަރުޙޫމްގެ ލޮބުވެތި ޢާއިލާއަށް ރައީސްވަނީ ތަޢުޒިޔާ ދަންނަވާފައެވެ. އަދި މަރުޙޫމް އިޙްސާން ޢަބްދުލްޣަނީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުންއެދި ދުޢާ ދެންނެވިއެވެ.