
ތާރީޚީ ދުވަހެއް: ޤުރުއާން ހިތުދަސް ޙާފިޡުންގެ ފުރަތަމަ ދަސްވެނިވުމުގައި 24 ޙާފިޡުންނަށް ރައީސް ސަނަދު ދެއްވައިފި
ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ޙާފިޡުންގެ ދަސްވެނިވުން ފުރަތަމަ ފަހަރަށް ފާހަގަކުރައްވައި، ސަނަދު ދެއްވައިފިއެވެ.
ދަސްވެނިވި ހާފިޘުންނަށް ސެޓިފިކެޓު ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިއީ ރާއްޖޭގައި ކީރިތި ޤުރުއާން ހިތުދަސްކުރި ޙާފިޡުން ދަސްވެނިވުމަށް ބޭއްވި ފުރަތަމަ ރަސްމިއްޔާތެވެ.
މިރޭގެ ރަސްމިއްޔާތުގައި ޙާފިޡުކަމުގެ ސަނަދު ލިބިވަޑައިގެންނެވި 24 ބޭފުޅުންނަކީ:
ޢުމުރުން 18 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް މުޙައްމަދު މިޝްޢަލް ޢާޡިމް (ހ. ލައިޓްލައިން / މާލެ)
ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ރައްޔާން އަޙްމަދު މުޙައްމަދު (ދޫރެސް / ޏ. ފުވައްމުލައް)
ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ ފާޠިމަތު މަންހާ ބިންތް އިސްމާޢީލް (އަސުރުމާގެ / ވ. ތިނަދޫ)
ޢުމުރުން 18 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ ޢާއިޝަތު ޒީކް ރިޔާޟް (އޯޝަން / ސ. ފޭދޫ)
ޢުމުރުން 13 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޢަބްދުﷲ އަޙްސަން ސަޢީދު (ޑިއަރެސްޓް / ސ. ފޭދޫ)
ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް އުވައިސް ބިން ޢިނާޒް (ވައިލެޓްވިލާ / ގދ. ރަތަފަންދޫ)
ޢުމުރުން 17 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ އާމިނަތު ޢިލްމާ ޠަލްޙަތު (މ. ރިހިރާޅު / މާލެ)
ޢުމުރުން 18 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް އާތިކު ޢަބްދުއްސައްތާރު (ނިރު / ނ. މާފަރު)
ޢުމުރުން 13 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޒަލަފް ބިން ނާފިޢު (ޝާދީ ވިލާ / އދ. މަހިބަދޫ)
ޢުމުރުން 13 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް މުޞްޢަބް ބިން ފައިޞަލް (ބަގީޗާމަންޒިލް / ކ. ގުރައިދޫ)
ޢުމުރުން 16 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް އަޙްމަދު ރައީފް މުޙައްމަދު (ގުލްފާމްހިޔާ / ރ. މަޑުއްވަރީ)
ޢުމުރުން 16 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ ޢާއިޝަތު ސާއިބަތު މުޙައްމަދު ރިކްޒާން (ފެމެލީ / ޅ. ނައިފަރު)
ޢުމުރުން 16 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޢަބްދުﷲ ޙަޔާން ރަމީޒް (ގުރަހަ / ޅ. ނައިފަރު)
ޢުމުރުން 14 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޢާސިރު ޢާރިފް ޔޫސުފް (އަޅިވިލާގެ / ބ. އޭދަފުށި)
ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޢާރިޝް ޢަބްދުﷲ އިބްރާހިމް (ޢާޒް / ޅ. ނައިފަރު)
ޢުމުރުން 13 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޒާލިފް މަދީޙް، (ހިޔާވަހި / ޅ. ނައިފަރު)
ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޢަބްދުﷲ ޒަކްވާން މުޙައްމަދު ރިކްޒާން (ފެމެލީ / ޅ. ނައިފަރު)
ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ މަރްޔަމް ޙުނާ ޙަސަން (ހައިވޭ / ޏ. ފުވައްމުލައް)
ޢުމުރުން 23 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ބިލާލް ބިން އަޙްމަދު (ގ. ހީނާ ހިޔާ / މާލެ)
ޢުމުރުން 18 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ ޢާއިޝަތު ލިޒީ (ވެހި / ށ. މިލަންދޫ)
ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޢަލާވީ އައްޔޫބު ބިން މުޙައްމަދު ޝުޖާޢު (މއ. ރަތްއެންދެރި / މާލެ)
ޢުމުރުން 66 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް އިބްރާހިމް ނަފީސް ޙުސައިން (ކޮންގްރެސް / ސ. ހިތަދޫ)
ޢުމުރުން 14 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ ފާޠިމަތު ޢީޝަލް އަޙްމަދު (މ. ކިރިލި / މާލެ)
ޢުމުރުން 18 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ ނަބާހަތު ޢަބްދުﷲ (ސެލްވޭޝަން / އއ. ހިމަންދޫ)
ޙާފިޡުން އުފެއްދުމަށް މި ސަރުކާރުންދޭ ޚާއްޞަ އަހަންމިއްޔަތުގެ ތެރެއިން 630 ދަރިވަރުން މިހާރުވެސް ކިޔަވަމުންދާއިރު، ކީރިތި ޤުރްއާން ހިތުދަސްކުރާ ފަރާތްތަކަށް ސަރުކާރުންދޭ މާލީ ޢިނާޔަތް ދެގުނައަށް ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އަދި ޙާފިޡުކަމުގެ ސެޓްފިކެޓަކީ އެޑްވާންސް ލެވެލްގެ ސެޓްފިކެޓެއްގެ ގޮތުގައި މިސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.