
ދިވެހި ރައްޔިތުންނަށް ޚަބަރާއި މަޢުލޫމާތު ތާޒާކޮށް ގެނެސްދިނުމުގައި ސަންގު ޓީވީއިން ކުރަމުން ދަނީ ތަޢުރީފު ޙައްޤު މުހިންމު ޚިދުމަތްތަކެއް: ރައީސް
ދިވެހި ރައްޔިތުންނަށް ޚަބަރާއި މަޢުލޫމާތު ތާޒާކޮށް ގެނެސްދިނުމުގައި ސަންގު ޓީވީއިން ކުރަމުން ދަނީ ތަޢުރީފު ޙައްޤު މުހިންމު ޚިދުމަތްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ސަންގު ޓީވީގެ ޚިދުމަތަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައެވެ.
ސަންގުޓީވީގެ ޚިދުމަތް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ޚަބަރާއި މަޢުލޫމާތު ތާޒާކޮށް ގެނެސްދިނުމުގައި، އަދި ޤައުމު ހޭލުންތެރި ކުރުމުގައި، ސަންގު ޓީވީއިން ކުރަމުން ދަނީ ތަޢުރީފު ޙައްޤު މުހިންމު ޚިދުމަތްތަކެއް ކަމަށާއި، މެދުކެނޑުމެއް ނެތި، ސަންގު ޓީވީ ހިނގަމުންދާތާ 10 އަހަރު ފުރޭ މި އުފާވެރި މުނާސަބާގައި، ސަންގުގެ ހީވާގި ޓީމަށް ތަހުނިޔާއާއި މުބާރަކްބާދު ދަންނަވާ ކަމަށެވެ.
މިފާއިތުވެ ދިޔަ 10 އަހަރު ތެރޭގައި ސަންޣު ޓީމުން ވަނީ މީޑިއާގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.