Article Image

ތެދު ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ޕީއެސްއެމްއިން ކުރަމުންދަނީ ނަމޫނާ މަސައްކަތެއް: ރައީސް

ޕީއެސްއެމް ނިއުސްއިން ތެދު ޚަބަރާއި މަޢުލޫމާތު ތާޒާކަމާއެކު ފެތުރުމުގައި ކުރަމުންދަނީ ނަމޫނާ މަސައްކަތްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ 8 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ޕޯސްޓުގައި ޕީއެސްއެމްނިއުސްގެ އަހަރީ ދުވަހުގެ ތަހުނިޔާ ޕީއެސްއެމް ނިއުސްގެ ހުރިހާ ޚިދުމަތްތެރިންނަށް އަރިސްކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ޕީއެސްއެމް ނިއުސް ޗެނަލުން ތެދު ޚަބަރާއި މަޢުލޫމާތު ތާޒާކަމާއެކު ފެތުރުމުގައި ދުވާލާއި ރޭގަނޑު ހުއްޓުމެއްނެތި ކުރަމުންދަނީ ނަމޫނާ މަސައްކަތްތަކެއްކަމަށެވެ. އަދި ނިއުސް ޗެނަލުގެ ހިތްވަރާއި ޤައުމީ ޚިދުމަތް ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ސާބަަސް ދަންނަވާފައެވެ.

ޚަބަރާއި ކަރަންޓު އެފެއާޒް ކަންކަމަށް ޚާއްސަކޮށްގެން ޕަބްލިކް ސަރވިސް މީޑިއާގެ ކުޑައިގެ ދަށުން ޕީއެސްއެމް ނިއުސް ޗެނަލް ވުޖޫދުވީ 3 މެއި 2017 ވަނަ އަހަަރުގައެވެ. މި ޗެނަލް ވުޖޫދުވީ 24 ގަޑިއިރު ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދޭ ވަކި ޗެނަލެއްގެ ގޮތުގައި ނިއުސްރޫމަށް ޚާއްސަ ޗެނަލެއްގެ ގޮތުގައެވެ.