Article Image

ޙައްޖާޖީންގެ ޑެބިޓު ކާޑުގެ ލިމިޓު 2000 ޑޮލަރަށް އިތުރުކޮށްދިނުމަށް ރައީސް މުޢިއްޒު ނިންމަވައިފި

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށްދާ ކޮންމެ ޙައްޖުވެރިއެއްގެ ޑެބިޓް ކާޑު ލިމިޓު، 2000 ޑޮލަރަށް އިތުރުކޮށްދެއްވުމަށް ބޭންކް އޮފް މޯލްޑިވްސްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

މިކަން ހާމަކުރައްވާ އެމަނިކުފާނު ސޯޝަލްމީޑިއާގައި ހާމަކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ ޙައްޖު ވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ބޭންކް އޮފް މޯލްޑިވްސް ގައި އެދިވަޑައިންފައިވާ ކަމަށެވެ.

ޑެބިޓު ކަޑުގެ ރަސްމީ ލިމިޓަކީ 250 ޑޮލަރެވެ. އެހެންކަމުން ރައީސުލްޖުމްހުރިއްޔާ ހަމައްޖައްސަވައިދެއްވި މި އިންތިޒާމާއެކު ކޮންމެ ޙައްޖުވެރިއަކަށް ޖުމްލަ 2000 ޑޮލަރުގެ ލިމިޓެއް ލިބޭނެއެވެ.

ރައީސް ވަނީ ދިވެހި ރައްޔިތުންގެ ބޭންކެއްގެ ގޮތުގައި ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމުގައި ވިދާޅުވެފައެވެ.