
އެކްސިޑެންޓްގައި ނިޔާވި ޒުވާނާގެ އާއިލާ އަށް ރައީސްގެ ތަޢުޒިޔާ!
ރޭ މާލޭގައި ހިނގާދިޔަ އެކްސިޑެންޓްގައި ނިޔާވި ޒުވާނާގެ އާއިލާ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ޚަބަރު ރައީސް އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި މަރްޙޫމް އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރައްވަމުން މަރުޙޫމުގެ ޢާއިލާއަށް ރައީސް ވަނީ ތަޢުޒިޔާ ފޮނުއްވާފަ އެވެ.
މީގެ އިތުރުން ރައީސް ވަނީ މި އެކްސިޑެންޓްގައި އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާ އެއް ދެއްވުމަށް އެދި ވަޑައިގަންނަވާފަ އެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ މާފަންނު ބަސް ޓާމިނަލް ކުރިމަތީގަ އެވެ. އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެފައިވާއިރު، އެކަކު ވަނީ ނިޔާވެފަ އެވެ. އެކްސިޑެންޓްގައި އަނިޔާވި އަނެއް ދެ މީހުންނަށް އައިޖީއެމް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.