
މޫދަށް ގޮސް އުޅެނިކޮށް ނިޔާވި 15 އަހަރުގެ ކުޑަކުއްޖާގެ ޢާއިލާއަށް ރައީސްގެ ތަޢުޒިޔާ!
މޫދަށް ގޮސް އުޅެނިކޮށް ނިޔާވި 15 އަހަރުގެ ކުޑަކުއްޖާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޫދަށް ގޮސް އުޅެނިކޮށް އުމުރުން 15 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވުމަކީ، ހިތާމަވެރި، ނުތަނަވަސް އިޙްސާސްތަކެއް ކުރުވި ހިތްދަތި ޚަބަރެއްކަމަށެވެ.
އދ. މާމިގިލީގައި ހިނގި މިހިތާމަވެރި ހާދިސާގައި ނިޔާވި ލޫޠު ބިން އަޙްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތްﷲ މިންވަރު ކުރައްވާ، އެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށްއެދި އެމަނިކުފާނުވަނީ ދުޢާ ކުރައްވާފައެވެ.
މޫދަށް ގޮސް އުޅެނިކޮށް އުމުރުން 15 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވުމަކީ، ހިތާމަވެރި، ނުތަނަވަސް އިޙްސާސްތަކެއް ކުރުވި ހިތްދަތި ޚަބަރެއް. އދ. މާމިގިލީގައި ރޭ ހިނގި މި ހިތާމަވެރި ހާދިސާގައި ނިޔާވި ލޫޠު ބިން އަޙްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތްﷲ މިންވަރު ކުރައްވާށި. އެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން. - ރައީސް -