Article Image

އެންޖީއޯ ޤައުމީ ފޯރަމް މިމަހު ފަހުކޮޅުގައި!

އެންޖީއޯ ޤައުމީ މި ފޯރަމް ކުރިއަށްދާނީ އޮގަސްޓު މަހުގެ 28 އަދި 29 ވަނަ ދުވަހުއެވެ. މި ފޯރަމް ކުރިއަށްދާނީ މާލެ ސިޓީ، ވިލިމާލެ، އަދި ހުޅުމާލޭގެ އެކްޓިވް މަދަނީ ޖަމްއިއްޔާތަކަށެވެ.

އެންޖީއޯ ޤައުމީ ފޯރަމްގެ މަގްސަދު ތަކުގެ ތެރޭގައި މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ތަފާތު މައްސަލަތަކުން އަރައިގަތުމުގައި ޖަމްއިއްޔާތަކުގެ ދައުރާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމްއިއްޔާތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުން ހިމެނެއެވެ. މިއީ މަދަނީ ޖަމްއިއްޔާތަކުގެ ޤައުމީ ފޯރަމްއެއް ބާއްވާ ދެވަނަ ފަހަރެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ ރަޖިސްޓަރަރ އަލީ ޝަކީލް ވިދާޅުވިގޮތުގައި މިފަދަ ފޯރަމްއެއްގެ ތެރެއިން ރާއްޖޭގެ ގިނަ ޖަމްއިއްޔާތަކެއް އެއްތަނަކަށް އެއްވެ އެޖަމްއިއްޔާތަކުގެ ހުރި ތަފާތު ތަޖުރިބާތައް ހިއްސާކޮށް، އެއް ޖަމްއިއްޔާ އަނެއް ޖަމްއިއްޔާއާއެކު ގުޅިގެން ދެވޭނެ މާހައުލެއް ގާއިމްވެގެންދާނެ ކަމަށެވެ.

މަދަނީ ޖަމްއިއްޔާތަކުގެ ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު އެއް ވަޢުދު ކަން ފާހަގަކޮށްލެވެއެވެ.