
ކަލާފާނު ސްކޫލުގެ ހަތަރު ލެބެއް ޤާއިމް ކުރުމަށް ބަޔަކާ ޙަވާލުކޮށްފި
މޯލްޑިވްސް އެޓޯލް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭ.އީ.ޑީ.ޕީ) ގެ ދަށުން ކަލާފާނު ސްކޫލުގެ ސައިންސް، އައިސީޓީ، ސްޓެމް އަދި ސްކިލް ލެބޯޓަރީ ގާއިމުކުރުމަށް ޕެންސާރޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި، ޕެންސާރޭ މޯލްޑިވްސް އާއެކު 2025 އޮގަސްޓް 05 ވީ އަންގާރަ ދުވަހު، މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުއްލަޠީފު މުޙައްމަދެވެ.