
ބ.ހިތާދޫ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
ބ.ހިތާދޫ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު، އިސްމާޢިލް ޢަބްދުﷲ އަދި ހަވާލުކުރެއްވި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އާރިފްއެވެ.
އަރިހުގައި ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ސިރުހާން ބައިވެރިވެވަޑައިގެންނެވިއެވެ.
730 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަސައްކަތުގެ އަގަކީ 33.7 މިލިއަން ރުފިޔާއެވެ.
މިޕްރޮޖެޓްގެ ދަށުން ވޯޑަކާއި، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ލޯންޑްރީ އަދި ސްޓޯރ ރޫމް
އިތުރުކުރެވިގެންދާނެއެވެ.