
ތަރައްޤީގެ ޔަޤީންކަން ދެއްވާ، ރައީސް ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ދިމާވި ގޮންޖެހުންތަކުން ވަނީ އަރައިގަނެވިފައި ކަމަށް!
މިސަރުކާރު ވެރިކަމާއި ހަވާލުވެގެން މިދިޔަ ދުވަސްތަކުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި، އެހެންނަމަވެސް އެ ދިމާވި ގޮންޖެހުންތަކުން މިހާރު ވަނީ އަރައިގަނެވިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އެމަނިކުފާނު މިހާރު ބ. އަތޮޅަށް ކުަރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުޑަރިކިލު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ މިސަރުކާރުގެ ދޮޅު އަހަރުގެ ތެރޭގައި މަޝްރޫޢުތައް ހިންގައި، ރައްޔިތުންނަށްވެފައިވާ ވަޢުދުތައް ފުއްދުމުގައި ގޮންޖެހުންތައް ދިމާވިނަމަވެސް އެ ހާލަތުން އަރައިގަނެވިފައިވާކަމަށާޢި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެމަނިކުފާނު ވަޑައިގެންވެފައިވާ ވަޢުދުތައް ހަނދާންހުރި ކަމާއި، އެ ވައުދުތައް ފުއްދައިދެއްވާނެކަމަށެވެ.