
އއ.ރަސްދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް ފެށުމަށްޓަކައި ބިން ހަވާލުކޮށްފި
އއ.ރަސްދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް ފެށުމަށްޓަކައި ބިން ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ހެލްތުން އެމަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ބިންވަނީ ހަވާލުކޮށްފައެެވެ.
މިރަސްމިޔާތުގައި ހެލްތު މިނިސްޓްރީގެ އިސްވެރިންނާއި ކައުންސިލާއި ސިއްޙީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
780 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާއި ހަވާލުކުރި މި މަސައްކަތުގެ އަގަކީ 185،571،402.42 ރުފިޔާއެވެ.