Article Image

ކުޅުދުއްފުށީ ބަނދަރަށް މުދާ ގެނެސް ބޭލުމުން ދެނެއް ޑިއުޓީއެއް ނުނަގާނެ!

ކުޅުދުއްފުށީ ޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތްތަކުގެ ތެރެއިން ޕޯޓުން ފޯރުކޮށްދޭނެ އިތުރު ޚިދުމަތްތަކެއް އިފްތިތާޙްކުރުމާއިއެކު، ކުޅުދުއްފުށި ސިޓީގެ ބަނދަރަށް ބާލާ މުދަލުން ދެން ޑިއުޓީ ނުނަގާނެއެވެ.

އިކޮނޮމިކް މިނިސްޓަރ ސައީދު މިކަން ޢިއުލާނުކުރެއްވީ ކުޅުދުއްފުށީ ޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތްތަކުގެ ތެރެއިން ޕޯޓުން ފޯރުކޮށްދޭނެ އިތުރު ޚިދުމަތްތަކެއް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ކުޅުދުއްފުށީ ބަނދަރުގެ ޚިދުމަތް ފުޅާކުރުމުގެ ސަބަބުން ވިޔަފާރިކުރުމުގެ ކޭޝްފްލޯ އިތުރު އެހެން ކަންކަމަށް ބޭނުންކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ކުރިއާ ޚިލާފަށް ރާއްޖޭގެ ހަމައެކަނި އެސެންޝަލް، ކްރިޓިކަލް ކޮންސިއުމަރ މުދަލަށް ވަކި އިންޑެކްސްއެއް ޤާއިމްކުރެވި އަގުތައް ބެލެހެއްޓޭނެ ގޮތްތައް ހަމަޖެހިގެން ހިނގައްޖެ ކަމަށެވެ.

މިއީ މުޅި ބޮޑު ތިލަދުންމަތީގެ އިޤްތިޞާދު ކުރިއެރުވުމަށް މުހިންމު އަދި ތާރީޚީ ބަދަލެއްކަމަށް މިސަރަޙައްދުގެ ގިނަ ރައްޔިތުން ޤަބޫލުކުރެއެވެ.