
މުސްތަޤްބަލު އުޖާލާ ކުރެވޭނީ ޒުވާނުންގެ އަޑު މިއަދު އަހައިގެން: ރައީސް
ޤައުމުކުރިއެރުވުމުގައި އެންމެ މުހިއްމު ބައިވެރިންނަކީ ޒުވާނުން ކަމަށާއި، މުސްތަޤްބަލު އުޖާލާ ކުރެވޭނީ ޒުވާނުންގެ އަޑު މިއަދު އަހައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓު" ފޯރަމް ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
މިފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޒުވާނުންނަކީ ޤައުމު ކުރިއެރުވުމުގައި އެންމެ މުހިއްމު ބައިވެރިންކަމަށެވެ. އަދި މުސްތަޤްބަލު އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑު އަހައިގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކޮންމެ ވާޙަކައަކީވެސް އަޅުގަނޑަށް މުހިއްމުވާނެ ވާހަކައެއް. ޒުވާނުންނާއި ބައްދަލުވާތީ ވަރަށް އުފާކުރަން: ރައީސް
"ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓު" ފޯރަމްގައި ރައީސް ވަނީ ޒުވާނުން ބޭނުންވާ ކަންކަން ފުޅާ ދާއިރާއެއްގައި ހިއްސާކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ.އަދި ފޯރަމްގެ ތެރެއިން ޒުވާނުން ބޭނުންވާ ތަފާތު ގިނަ ޚިޔާލުތަކާއި އެކި ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާއިރު، ފޯރަމްގެ ތެރެއިން ޒުވާނުން ހުށަހަޅަމުންދާ ކަންކަމާއި ގުޅޭގޮތުން ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.