Article Image

ފަތުރުވެރިން ރަށްރަށުގައި އުޅޭއިރު ހެދުން އެޅުމާއި، އުޅުމުގައި ބަހައްޓަންޖެހޭ މިންގަނޑުތަކާގުޅޭ ޤަވާއިދުތައް ދަނީ އިސްލާހުކުރަމުން: ރައީސް

ފަތުރުވެރިން ރަށްރަށުގައި އުޅޭއިރު ހެދުން އެޅުމާއި، އުޅުމުގައި ބަހައްޓަންޖެހޭ މިންގަނޑުތަކާ ގުޅޭ ޤަވާއިދުތައް އިސްލާޙުކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރޭ ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނައިރު މިއީ މުހިންމުކަމެއްކަން ފާހަގަކުރައްވާ ރައީސް ވަނީ ލޯކަލް ޓޫރިޒަމާ ބެހޭ ޤާނޫނަށް ގެނައުމަށް ނިންމާފައިވާ އިސްލާހުތައް ހިއްސާކުރައްވާފައެވެ.

ރައީސް މުޢިއްޒު މުޅި ރާއްޖޭގެ ރައްޔިތުންގެ ގާތަށް ވަޑައިގެން ބޭއްވި ބައްދަލުކުރެއްވުންތަކުގައި ރައްޔިތުން އެންމެ ބޮޑަށް ފާހަގަކުރި އެއްކަމަކީ، ރަށްރަށަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ ފަރާތުން އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ފެންނަމުންދާކަމުގެ ކަންބޮޑުވުމެވެ. އަދި ވަކިން ޚާއްޞަކޮށް ރަށްތަކުގައި އުޅޭއިރު ފަތުރުވެރިން ހެދުން އަޅާ ގޮތްތަކާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މި ޝަކުވާތަކަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، ދީނީ ގޮތުންނާއި، އަޚްލާޤީ ގޮތުންނާއި އިޖްތިމާއީ ގޮތުން ރަށްރަށުގައި ހިނގަން ނުޖެހޭ ކަންކަން ހިނގާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި މިކަންކަން ރަނގަޅު ކުރުމަށް، ކަމާ ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން ޤަވާއިދުތައް އިސްލާހު ކުރަމުންދާ ކަމަށެވެ.

ރަށު ތެރޭގައި ޓޫރިސްޓުން އުޅޭއިރުގައި ހެދުން އެޅުމުގައި ހުންނަން ޖެހޭނެ މިންގަނޑުތަކަކާއި، އެހެނިހެން ކަންކަމަށް މިހާރު އޮތް ޤަވާއިދަށް އިތުރު އިސްލާހުތަކެއް ގެންނާން. ގެނެސް ދާދި އަަަވަހަށް ގެޒެޓް ކުރެވިގެން ދާނެ، ނަމަވެސް މިކަންކަން ތަންފީޒު ކުރުމުގައި އެއީ ފުލުހުންގެ މުއައްސަސާއަށް ކަމުގައިވިޔަސް، އަދި ޓޫރިޒަމް މިނިސްޓްރީއަށް ކަމުގައިވިޔަސް، އެ ފަރާތްތަަކަށް ޑޭޓުޑޭ އެއްބާރުލުން ދޭން ޖެހޭ ފަރާތްތަކަކީ ކައުންސިލުން: ރައީސް