
ރައީސް މުޢިއްޒު، މަސްޖިދުލް ޔޫސުފުލް ބަރުބަރީ ހުޅުވައިދެއްވައިފި
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މަސްޖިދުލް ޔޫސުފުލް ބަރުބަރީ ހުޅުވައިދެއްވައިފިއެވެ.
މި މިސްކިތް މިއަދު ހުޅުވާފައި މިވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް 1,400 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ޖާގަ ތަނަވަސް ރީތި މިސްކިތެއް ގޮތުގައި އަލުން ބިނާ ކުރުމަށްފަހުގައެވެ. މި މިސްކިތަކީ ހެޔޮ އެދޭ ފަރާތަކުން ބިނާކޮށްފައިވާ މިސްކިތެކެވެ.
މި މިސްކިތް ހުޅުވުމަށްޓަކައި މިއަދު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ކެބިނެޓު މިނިސްޓަރުންނާއި، އިސްލާމިކް މިނިސްޓްރީގެ އިސްވެރިން އަދި ޢާއިލާގެ ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ. މި މިސްކިތް ހުޅުވައިދެއްވުމަށް ފަހު ރައީސް ވަނީ މިސްކިތް ބައްލަވާލައްވައިފައެވެ.
މި މިސްކިތް ރަސްމީކޮށް ހުޅުވާފައިވަނީ މިއަދުގެ އަޞްރު ނަމާދަށެވެ. މިސްކިތުގައި އިމާމުވެ އަޞްރު ނަމާދު ކުރެއްވީ ޒުވާން ޙަޠީބު އަލްޙާފިޡް ޢަބްދުﷲ ބިން އިމްޖާދެވެ.
ބަރުބަރީ މިސްކިތް އަލުން ތަރައްޤީކޮށްފައިވަނީ އަލިސާފު ކުންފުނީގެ ދީލަތި އެހީތެރިކަމާއެކުގައެވެ. މި މިސްކިތް ބިނާކުރުމަށް އެ ކުންފުޏާއި ހަވާލުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި މިސްކިތް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް އަލުން ހުޅުވާފައި މިވަނީ، މާލޭގައި ހުރި ކުރީގެ މިސްކިތްތައް ޒަމާނީ ފެންވަރަށް އަލުން ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ފަށާފައިވާ މަސައްކަތުގެ ތެރެއިންނެވެ.
އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން އިސްލާމީ ދާއިރާއިން 90 އަށްވުރެ ގިނަ މަޝްރޫޢު މިހާރުވެސް ކުރިއަށްދާ