ގިރާވަރު ފަޅުން ގޯތި ލިބުނު ބައެއް މީހުންނަށް ގުޅީފަޅުން ޖާގަ ލިބިދާނެތޯ ނޫންތޯ ކަނޑައަޅާނަން: ރައީސް
ގިރާވަރު ފަޅުން ގޯތި ލިބުނު ބައެއް މީހުންނަށް ގުޅީފަޅުން ގޯތިދޭއިރުގަ އެތަނުން ޖާގަ ލިބިދާނެތޯ ނޫންތޯ ކަނޑައަޅުއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް، ގުޅީފަޅު ނުވަތަ ހުޅުމާލެއަށް އެ ގޯތި ބަދަލުކުރެވިދާނެތޯ ހުޅުމާލެ ފްލެޓް 159204، އާމިނަތު ލީލާ ދެންނެވި ސުވާލަށް ދެއްވި ޖަވާބުގައެވެ.
ރައީސް ވިދާޅުވީ އެ ސުވާލު އެހެން ބޭފުޅުންވެސް ކުރައްވާ ކަމަށާއި، ގިރާވަރު ފަޅުން ގޯތި ލިބުނު ބައެއް މީހުންނަށް ގުޅީފަޅުން ގޯތިދޭއިރުގަ އެތަނުން ޖާގަ ލިބިދާނެތޯ ނޫންތޯ ކަނޑައަޅުއްވާނެ ކަމަށެވެ. އެއީ ފުރުސަތު އޮތް ކަމެއް ނަމަވެސް އަދި އެކަމުގައި ވަކި ގޮތެއް ސަރުކާރުން ނިންމާފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ތިސުވާލު އަޅުގަނޑާ ކުރިމަތި ކުރައްވާ އެބަ ބައެއް އެހެން ބޭފުޅުންވެސް.ގިރާވަރު ފަޅުން ގޯތި ލިބުނު ބައެއް ބޭފުޅުން ހަމަ ތި ސުވާލު އެބަ ކުރައްވާ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަދި ތިކަމަށް ވަކި ގޮތެއް ނުނިންމަމޭ. ތި ކަމަކީ ހަމަ ފުރުސަތު އޮތް ކަމެއް އަދި އެހެންނަމަވެސް ސިޔާސަތެއް ކަނޑަނާޅަން. ރާވަރު ފަޅުން ގޯތި ލިބުނު ބައެއް މީހުންނަށް ގުޅީފަޅުގަ ގޯތިދޭއިރުގަ އެތަނުން ޖާގަ ލިބިދާނެތޯ ނޫންތޯ އަޅުގަނޑުމެން ކަނޑައަޅާނަން: ރައީސް މުޢިއްޒު
ރައީސް އިތުރަށް ވިދާޅުވީ އެތަނުގެ ލޭންޑް ސްކްރީން މިހާރު ފައިނަލް ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއިއެހެންކަމުން ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ގުޅީފަޅުން ގޯތިހަމަޖެހުމަކީ ފުރުސަތު އޮތް ކަމެއް ކަމަށެވެ.