Article Image

ރައީސް މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ދިވެހިރާއްޖޭގައި އެއާ އެންބިއުލެންސްގެ ސީޕްލޭން ޚިދުމަތް ފަށައިފި

ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ދިވެހިރާއްޖޭގައި އެއާ އެންބިއުލެންސްގެ ސީޕްލޭން ޚިދުމަތް ފަށައިފިއެވެ.

މިކަމާއި ގުޅިގެން އައިލެންޑް އޭވިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުން ދެމުންދާ އެއާ އެންބިއުލޭންސްގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ސީ ޕްލޭން އެއާ އެންބިއުލެންސްގެ ޚިދުމަތް މިއަދު ފަށާފައިވާ ކަމަށެވެ. އެ ފުލައިޓާއިއެކު އެއާ އެންބިއުލެންސްގެ ޚިދުމަތް ފުރިހަމަވެގެންދާނެ ކަމަށް ވެސް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

އެއާ އެންބިއުލޭންސްގެ މަޝްރޫޢު ކުރިއަށް ގެންގޮސްފައިވަނީ ހެލްތް މިނިސްޓްރީއާއި، އާސަންދާއާއި އެންސް ސްޕާއާއި ޓްރާންސްޕޯޓް މިނިސްޓްރީއާއި އެކުގައެވެ.

ސީ ޕްލޭން އެއާ އެމްބިއުލެންސްގެ ގޮތުގައި ބޭނުންކުރަނީ ޑީއެޗްސީ-6 ގެ ޓްއިން އޮޓޯ އެއާ ކްރާފްޓެކެވެ. އެ ޕްލެއިންގައި ރާއްޖޭގެ ރަށްތައް ސީދާ ދަތުރުކުރެވޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. އަދި އެ ޕްލޭންގައި ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ އާލަތްތައް ވެސް ހުންނާނެއެވެ.

މިއަދު ފެށި ސީ ޕްލޭން އެއާ އެންބިއުލޭންސް ހިމެނޭހެއް ދެ އެއާ އެމްބިއުލޭންސަކުން ޚިދުމަތް ދެމުންދާނެއެވެ. އެއާ އެންބިއުލޭންސްގެ ގޮތުގައި ބޭނުންކުރާ ޑޭޝް8ގެ މަތިންދާ ބޯޓުގައި އެއްފަހަރާ ދެ ބަލިމީހުން އުފުލޭނެއެވެ. އެއަރ އެމްބިއުލާންސަށް ހާއްސަކޮށް 15 މުވައްޒަފުން ވަނީ ތަމްރީން ކޮށްފައެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން ހިމެނެއެވެ.

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށިތާ 15 ދުވަސްތެރޭ 25 އަށްވުރެ ގިނަ މެޑިކަލް ދަތުރުކޮށްފައިވާ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަންއިން މިއަދު ބުނެފިއެވެ.

މޯލްޑިވިއަންއިން މިއަދު ބުނީ ޑޭޝް8-200 މަރުކާގެ މަތިންދާ ބޯޓު ބޭނުން ކޮށްގެން، އެއާރ އެމްބިއުލާންސްގެ ޚިދުމަތް މި މަހުގެ އެއްވަނަ ދުވަހު ފަށާފައިވާއިރު މިއަދާ ހަމައަށް އެއަރ އެމްބިއުލާންސް ބޭނުންކޮށްގެން 25 އަށްވުރެ ގިނަ މެޑިކަލް ދަތުރުތައް ފުރިހަމަކުރެވިފައިވާ ކަމަށެވެ.