Article Image

ފިތުނަ ފަސާދަ އުފައްދާ އިދިކޮޅު ފަރާތްތަކަށް ރައީސްގެ ރައްދެއް: އަޅުގަނޑަކީ އިރާދަކުރެއްވީތީ ރައްޔިތުންގެ ޙައްޤުގަ ޖެހޭނެ މީހެއްނޫން

އިދިކޮޅު ފަރާތްތަކުން ރައީސް މުޢިއްޒުއަށް ނިސްބަތްކޮށް ދައްކަމުންގެދާ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް އެކުލެވިގެންވާ ވާހަަކަ ތަކެއް ނޫންކަމަށާއި އެމަނިކުފާނަކީ ރައްޔިތުންގެ ޙައްޤުގައި ޖެހޭނެ ބޭފުޅެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ގަލޮޅު އުތުރު ދާއިރާގައި ސަރުކާރުން ތާއީދުކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް އާ ގުޅޭގޮތުން ދައްކަމުންގެންދާ ކޮރަޕްޝަންގެ މައްސަލަތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނަކީ އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ހައްގުގައި ޖެހޭނެ މީހެއް ނޫން ކަމަށާއި އަދި ރައްޔިތުންގެ މުދަލަކު ވެސް ޖެހޭނެ މީހެއް ނޫން ކަމަށެވެ.

ރައްޔިތުންގެ ފައިސާ އަކު ޖެހޭނެ މީހެއް ނޫން ކަމަށް ވިދާޅުވެ ރައީސް ދެއްވި ޔަގީން ކަމަކީ އެމަނިކުފާނަށް ﷲސުބުހާނަހޫވަތައާލާ ކިބައިން އެކަލާންގެ ފުއްސެވުމާ ރުއްސެވުން ލިބުން މާ މުހިންމު ކަމަށެވެ.

އަޅުގަނޑަކީ އިރާދަކުރެއްވީތީ ރައްޔިތުންގެ ޙައްޤުގަ ޖެހޭނެ މީހެއްނޫން. ރައްޔިތުންގެ މުދަލަކު ޖެހޭނެ މީހެއްނޫން. ރައްޔިތުންގެ ފައިސާއަކު ޖެހޭނެ މީހެއްނޫން. އަޅުގަނޑަށް މާމުހިންމު ٱللَّٰه ޞުބްޙާނަހޫ ވަތަޢާލާގެ ފުއްސެވުމާއި ރުއްސެވުން ލިބުން: ރައީސް

މީގެ އިތުރުން ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްރަކުން ‏އުޑުގަ ޖެހިފައި ބިމުގައި ޖެހުނަސް އެމަނިކުފާނާ ދެކޮޅަށް ދެއްކޭނެ އެކައްޗެއް ވެސް ނޯންނާނެ ކަމަށެވެ. އަދި އެމަނިކުފާނު އެދިވަޑައިގަންނަވަނީ ގަދައަށް އެ ވާހަކަ ދެއްކުމަށެވެ. އެވާހަކަތައް ދެއްކި ވަރަކަށް ބޭޒާރު ވާނީ އިދިކޮޅު ފަރާތްތައް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.