ޤައުމުގެ މުސްތަޤުބަލަށްޓަކައި މާދަމާގެ ވޯޓަކީ އިޚްލާސްތެރިކަމާއެކު ޤައުމަށްޓަކައި ލާ ވޯޓަކަށް ހެދުމަށް ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވާ: ރައީސް މުޢިއްޒު
ޤައުމުގެ މުސްތަޤުބަލަށްޓަކައި މާދަމާގެ ވޯޓަކީ އިޚްލާސްތެރިކަމާއެކު ޤައުމަށްޓަކައި ލާ ވޯޓަކަށް ހެދުމަށް 93 ދާއިރާއަށް ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސް މުޢިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖްލިސް އިންތިޚާބުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން މިއަދު ކުރިއަށް ގެންދިޔަ ޙަރަކާތުގައި ރައްޔިތުންނާއި މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
ޤައުމުގެ މުސްތަޤުބަލަށްޓަކައި މާދަމާގެ ވޯޓަކީ އިޚްލާސްތެރިކަމާއެކު ޤައުމަށްޓަކައި ލާ ވޯޓަކަށް ހެދުމަށް ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވާ: ރައީސް މުޢިއްޒު
ރައީސް ވަނީ މި ޤައުމުގެ މިނިވަންކަން ނުބައި މިސްރާބަކަށް ދަނިކޮށް އަލުން އަނބުރައި ހޯދުމަށް ދިވެހިން ނިންމި ނިންމު އިތުރަށް ޔަޤީންކޮށް ވަރުގަދަކުރުމަށްޓަކައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ޤައުމުގެ ކަންކަން ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެއްކަމަށެވެ. އަދި މާދަމާ ނެގޭ ވޯޓަކީ ޤައުމުގެ ކަންކަން ނިންމުމުގައި ވަރަށް މުހިންމު ވޯޓެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.