މާލެސިޓީގެ މޭޔަރާއި ސިޓީ ކައުންސިލުގެ 3 ދާއިރާއެއް ތަމްޞީލުކުރައްވާ މެންބަރުން އިންތިޚާބުކުރުމަށް މިއަދު ކުރިޔަށްދިޔަ ބައި-އިލެކްޝަންގައި ރައީސުލްޖުމްހޫރިއްޔާ ވޯޓުލައްވައިފި
މާލެސިޓީގެ މޭޔަރާއި ސިޓީ ކައުންސިލުގެ 3 ދާއިރާއެއް ތަމްޞީލުކުރައްވާ މެންބަރުން އިންތިޚާބުކުރުމަށް މިއަދު ކުރިޔަށްދިޔަ ބައި-އިލެކްޝަންގައި ރައީސުލްޖުމްހޫރިއްޔާ ވޯޓުލައްވައިފިއެވެ.
މާލެސިޓީގެ މޭޔަރާއި ސިޓީ ކައުންސިލުގެ 3 ދާއިރާއެއް ތަމްޞީލުކުރައްވާ މެންބަރުން އިންތިޚާބުކުރުމަށް މިއަދު ކުރިޔަށްދިޔަ ބައި-އިލެކްޝަންގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވޯޓުލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ވޯޓުލެއްވީ ސޯޝަލް ސެންޓަރުގައި ބަހައްޓާފައިހުރި މާފަންނު ދެކުނު-3 (T17.3) ނަންބަރު ވޯޓު ފޮށްޓަށެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރިޔަށްގެންދާ ބައި އިލެކްޝަންތަކަކީ މާލެ ސިޓީ މޭޔަރާއި ސިޓީ ކައުންސިލުގެ މާފަންނު ދެކުނު ދާއިރާއާއި މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާއަށް މެންބަރަކު އިންތިޚާބުކުރުމަށާއި މ. މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނެވެ.