Article Image

ޕީއެންސީއާއި އަލަށް ގުޅުނު ގިނަ ބަޔަކު މެމްބަރޝިޕް ފޯމް ރައީސް މުޢިއްޒު އާއި ހަވާލުކޮށްފި

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ އަލަށް ގުޅުނު މެންބަރުންގެ ފޯމުތަކާ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހަވާލުވެވަޑައިގެންފިއެވެ.

ޕީއެންސީއަށް އަލަށް ގުޅުނު މެންބަރުންގެ ފޯމުތަކާ ރައީސް ޑރ. މުޢިއްޒު ހަވާލުވެވަޑައިގެންފައިވަނީ، ޕީއެންސީގެ މައި ޖަގަހަ (ޕީއެންސީ ހައުސް) ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައެވެ. އެ ޖަލްސާގައި ވަރަށް ގިނަ މީހުން ވަނީ ޕީއެންސީއާ ގުޅުމަށް ފޯމު ހަވާލުކޮށްފައެވެ.

ރޭ ޕީއެންސީއާއި އަލަށް ގުޅުނު މެންބަރުންގެ ތެރޭގައި އައްނަބީލާ ހަބީބާ ހުސެއިން ހަބީބްގެ ދޮށީ އަންހެން ދަރިކަނބަލުން ޝަފިއްޔާ ޒުބޭރާއި، 18 ވަނަ މަޖިލީހުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ނާޒިމާއި، ކަސްރަތާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ މުހައްމަދު ހާނިމް ގެ އިތުރުން މުނިފޫހި ފިލުވުމުގެ ދާއިރާގައި 18 އަހަރު ޚިދުމަތް ކުރައްވަމުން ގެއްދަވާ އުމަރު ޒާހިރު ހިމެނި ވަޑައިގަންނަވައެވެ.

މީގެ އިތުރުން އަބްދުﷲ ވަހީދާއި، މުހައްމަދު އަބްދުﷲ، ޝައްމޫން މުހައްމަދު، ޝިފާ ޝަފީޤް، ސައުދުﷲ އަލީ، ޝިޔާން ޝަފީޤް، މުހައްމަދު ޝަހުނީމް އަދި މުހައްމަދު ޖުނައިދުގެ ފޯމުވެސް ރޭ ވަނީ ރައީސް މުޢިއްޒުއާ ހަވާލުކޮށްފައެވެ.