Article Image

ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމުގެގޮތުން ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމަށް ރައީސް ނިންމަވައިފި

ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމުގެގޮތުން ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް މި ނިންމެވުން ނިންމެވިކަން ޢިއުލާނު ކުރެއްވީ ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކެއްގެ ތަފްސީލް ހާމަކުރައްވާ ރައީސް މުޢިއްޒުގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ކުރުމަށް ނިންމާފައިވާ ބައެއް މުހިންމު ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމާފައި ކަމަށާއި އެގޮތުން، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށެވެ. މީގެ ތެރޭގައި، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.