ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސިވިލާތުގެ އިންޚާބީ ބޮޑުވަޒީރަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި
އިނގިރޭސިވިލާތުގައި ބޭއްވި ޢާންމު އިންތިޚާބުގައި އެޤައުމުގެ އިންޚާބީ ބޮޑުވަޒީރު ކިއެރ ސްޓާމަރ އަދި ލޭބަރޕާޓީ ހޯދި ކާމިޔާބީ ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މީސްމީޑިއާ މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޕޯސްޓެއްގައި އިނގިރޭސި ވިލާތުގެ އިންޚާބީ ބޮޑުވަޒީރުގެ ލީޑަރޝިޕްގައި އެ ޤައުމަށް އިތުރު ކުރިއެރުމާ ފާގަތިކަން ގެނެސްދެއްވާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައި ވިދާޅުވެފައިވެއެވެ.
އަދި އިނގިރޭސި ވިލާތުގެ އިންތިޚާބީ ބޮޑުވަޒީރާ ގުޅިގެން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި ބައިނަލްއަޤްވާމީ ދަތި މައްސަލަތަކަށް ޙައްލުގެނައުމުގައި ގުޅިގެން މަސައްކަތްކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.