Article Image

ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ޕީއެންސީ ޚާއްޞަ ހަރުގެ ޖަލްސާ މިރޭ!

ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަންނަވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ހަރުގެ ޖަލްސާ މިރޭ ބާއްވަން އެ ޕާޓީއިން ނިންމައިފިއެވެ.

ޕީއެންސީއިން ބުނީ މި ޖަލްސާ އޮންނާނީ ހ.ވެޔޮވިލާގައި ހުންނަ އެ ޕާޓީގެ ޖަގަހަ (ޕީއެންސީ ހައުސް) ގައި އާދިއްތަ ދުވަހުގެރޭ (މިރޭ) 20:30 ގައި ކަމަށެވެ.

ހަރުގެ ޖަލްސާގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

ޕީއެންސީއިން ވަނީ މިރޭގެ ހަރުގެ ޖަލްސާގައި ބައިވެރިވުމަށް ޕީއެންސީގެ މެމްބަރުން އަދި އެންމެހާ ދިވެހިރައްޔިތުންނަށް ދަޢުވަތު އަރުވައިފައެވެ.

ޕީއެންސީ ޖަގަހަ ހުޅުވާ އިމާރާތަކީ މީގެ ކުރިން އެމްޑީޕީ އަދި ޑިމޮކްރެޓްސް ޖަގަހަ ހިންގި އިމާރާތެވެ.