Article Image

އަންނަ އަހަރުން ފެށިގެން 200 މިލިޔަން ރުފިޔާ އިންސާނީ ތަރައްޤީއަށް ހޭދަކުރަން ރައީސް ނިންމަވައިފި

މިއަންނަ އަހަރުން ފެށިގެން ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން 200 މިލިޔަން ރުފިޔާ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ޚާއްޞަކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕް ޙަވާލުކުރުމަށް ހުރަވީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ދަރިވަރުން ކާމިޔާބީއާއި ހަމައަށް ވާސީލުވީ ގޮންޖެހުންތަކާއެކު ބުރަމަސައްކަތްކޮށްގެން ކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް މަތީ ތަޢުލީމުގެ މަރުޙަލާގައި ހިތްވަރާއެކު މަސައްކަތްކޮށް ކާމިޔާބީ ހާސިލްކުރަން ގަދައަޅައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވިއެވެ. މިއާއިއެކު ރާއްޖޭން ބޭރު ޤައުމުތަކަށް ގޮސް ދީނީ ކަންކަމަށް ސަމާލުކަން ދީ ޤައުމަށް ޚިދުމަތް ކުރާ ދަރިވަރުންތަކަށް ވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

މިވަގުތުވެސް ޚާއްސަ ދައިރާތަކުން ކިޔަވައިގެން އައިސްތިބި އެތަކެއް ޒުވާނުން ވަޒީފާގެ ފުރުޞަތު ނުލިބި ތިބިއިރު، ސަރުކާރުގެ މުސާރަ ކުޑަވުމުން ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރަމުންދާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން މިއަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 200 މިލިއަން ރުފިޔާ އެކި ދައިރާތަކުން ކިޔަވާ ތިބޭ މީހުންނަށް ސަރުކާރުގެ ތެރެއިން ބޮޑު މުސާރަ ދިނުމަށް މިއަންނަ އަހަރުން ފެށިގެން ކަނޑައަޅާނަން. ނާތީޖާއަކަށް ވާނީ ޕްރައިވެޓް ސެކްޓަރއަށް ލިބޭ ވަރަށް ވުރެ ބޮޑު މުސާރައެއް ސަރުކާރުން ލިބުން: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖެއިން މަތީ ތަޢުލީމު ޙާޞިލުކުރަން ބޭރަށް ދާ ދަރިވަރުން ޤައުމަށް އަނބުރާ އައިސް ޚިދުމަތް ކުރުމަށް ފަސްޖެހޭ ކަމަށެވެ. އެއީ މިވަގުތު ޙާލަތު އޮތްގޮތުންކަން ފާހަގަކުރައްވާ، އެންމެ އިސްކަމެއް ދެއްވައިގެން މިހާރު މަސައްކަތް ކުރައްވަނީ ގެދޮރުވެރިކަމުގެ މައްސަލަ ޙައްލު ކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭރުން އެކުންދިން އަނބުރާ އައިސް އަމިއްލަ ދިރިއުޅުމެއް ފަށަން މަގުފަހިވެގެންދާނެ ކަމަށާއި، އެމަނިކުފާނުގެ މި ދައުރުގައި އެ މައްސަލަ ޙައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.