Article Image

ދަޢުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ޢަބްދުލްޣަފޫރު އިބްރާހީމް އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ދަންނަވައިފި

ދަޢުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ޢަބްދުލްޣަފޫރު އިބްރާހީމް އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ދަންނަވައިފިއެވެ.

ރައީސް ވަނީ ޢަބްދުލްޣަފޫރު އިބްރާހީމްގެ ޚިދުމަތް ފާހަގަކުރެއްވާފައެވެ.

ޢަބްދުލްޣަފޫރު އިބްރާހީމް އަވަހާރަވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހި ދަޢުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ، ޢަބްދުލްޣަފޫރު އިބްރާހީމް އަވަހާރަވި ޚަބަރު އެމަނިކުފާނު އަޑުއެެއްސެވީ ފުން ހިތާމައާއިއެކުގައި ކަމަށެވެ.

ރައީސް ވަނީ މަރުޙޫމް ޢަބްދުލްޣަފޫރު އިބްރާހީމްގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތުގަައި، މާތްﷲގެ ރުއްސެވުމާ ފުއްސެވުމުގައި އެ މަރްޙޫމް ލެހެއްތެވުން އެދި ދުޢާ ދަންނަވާފައެވެ.