ކަނޑު އަޑީގެ އޮޕަރޭޝަންތަކަށް ޚާއްޞަ ސްޕެޝަލް ބޯޓް ސްކޮޑްރަން އިފްތިތާހުކޮށްފި
ކަނޑު އަޑީގެ އޮޕަރޭޝަންތަކަށް ހާއްސަ ސްޕެޝަލް ބޯޓް ސްކޮޑްރަން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާހުކޮށް ދެއްވައިފިއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑްގައި އޮންނަ މި ސްކޮޑްރަން އިފްތިތާހުކޮށް ދެއްވީ ނަސްރުގެ ދުވަހުގެ މުނާސަބާ ފާހަގަ ކުރުމަށް، ދިވެހި ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ ހަރަކާތްތަކަށް ފަހުގައެވެ.
ސްޕެޝަލް ބޯޓް ސްކޮޑްރަން އިފްތިތާހްކޮށް، ސްޕެޝަލް ބޯޓް ސްކޮޑްރަންއާއި ސްޕެޝަލް ފޯސަސްގެ އަޒުމް ލައިދިނުންވެސް އޮތެވެ. އަޒުމް ލައިދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހްމަދު ގިޔާޘްއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ތެރޭގައި ވައިގެ ގާބިލްކަން އިތުރުކުރުމަށް ރައީސް މި ސަރުކާރު ފެށުނުތަނާހެން ނިންމެވި ނިންމެވުން ފާހަގަކޮށްލެވޭ ކަމަށެވެ." ދިވެހި އަސްކަރިއްޔާގެ ތަރައްގީއަށް މިއަދު އެމަނިކުފާނު އިތުރުކުރައްވަނީ ނުހަނު ބޭނުންތެރި ގާބިލްކަމެއް. ކަނޑުއަޑީގެ ހާއްސަ އަސްކަރީ އޮޕަރޭޝަންތަކެއް ހިންގުމަށްޓަކައި ކޯސްޓް ކާޑުގައި ސްޕެޝަލް ބޯޓް ސްކޮޑްރޮންނެއް މިއަދު ރައީސް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާނެ." ހިލްމީ ވިދާޅުވިއެވެ.
ހިލްވީ ވިދާޅުވީ ދިވެހި އަސްކަރިއްޔާ ތަރައްގީކޮށް ޒަމާނާއެއްގޮތަށް އިކުޕްކުރައްވާ މި ގައުމުގެ ސަރަހައްދު ބެލެހެއްޓުމަށް އެކަށީގެންވާ ބަޔަކަށް ހެދުމަށް ރައީސް ކުރައްވަމުން ގެންދާ މަސައްކަތްފުޅަށް ޝުކުރު އަދާކުރައްވާ ކަމަށެެވެ.